އާ ވޭރިއަންޓް ފުރާނައަށް ނުރައްކާ ކަމަށް ބުނަން އަދިވެސް މާ އަވަސް: ޔޫކޭ

މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކީ ފުރާނައަސް ނުރައްކާ ވޭރިއަންޓެއް ކަމަށް ބުނަން، އަދިވެސް މާ އަސް ކަމަށްވެސް އެމެރިކާގެ ނޭޝ...

24 Jan 2021 | 11:15

މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނު ކޮރޯނާވައިރަހުގެ އާ ވޭރިއަންޓަކީ ފުރާނައަސް ނުރައްކާ ވޭރިއަންޓެއް ކަމަށް ބުނަން، އަދިވެސް މާ އަސް ކަމަށްވެސް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތުގެ ޑައިރެކްޓާ، ޑރ ފްރާންސިސް ކޮލިންސް ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި ވޭރިއަންޓަކީ ފަސޭހަ ކަމާއެކު އެކެއްގެ ހަށިގަނޑުން އަނެއްކާގެ ހަށިގަނޑަށް ފޯރާ، އިންތިހާ ހަލުވި މިނުގައި ބަލި ފަތުރާ ވޭރިއަންޓެކެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން، ހުކުރު ދުވަހު ވަނީ، މި ވޭރިއަންޓްގެ ޝިކާރައަކަށްވާ މީހުން، ބަލީގައި މަރުވުމުގެ ފުރުސަތު ބޮޑުވުން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އެމްއެސްއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ ކޮލިންސް ވިދާޅުވީ، މިހާތަނަށް ލިބިފައިވަނީ އިބްތިދާއީ ތަފާސް ހިސާބުތަކެއް ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ ޗީފް ސައެންޓިފިކް އެޑްވައިޒަރުވެސް ވަނީ، އާ ވޭރިއަންޓްގެ އަސަރުކޮށް، މަރުވާ މީހުންގެ އަދަދު އިތުރު ވާ ކަމަށް، ހޮސްޕިޓަލުގެ ރެކޯޑްތަކުންވެސް ނުދައްކާ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19އިން ދިފާއުވުމަށް މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ވެކްސިންތައް ބޭނުން ކުރަމުން އަންނައިރު، މޮޑާނާ އަދި ފައިޒާގެ ކޮވިޑް ވެކްސިންތަކަކީ އާ ވޭރިއަންޓުން ދިފާއު ހޯދާދޭ ވެކްސިންތަކެއް ކަމަށް އިބްތިދާއީ ދިރާސާތަކުން ދައްކާ ކަމަށް ޑރ ކޮލިންސް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް