އެފްއޭއެމްގެ ފަރާތުން ދެ ޖިންސުގެ މެޗް ކޮމިޝަނަރުން ތަމްރީނުކުރަނީ

މެޗް ކޮމިޝަނަރުން ތަމްރީނުކުރުމަށްޓަކައި ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސްގެ ފަރާތުން ސެމިނަރ އެއް ބާއްވަން ނިންމައިފިއެވެ. އެގޮތުން މި ހިނގާ ޖެނުއަރީ 30 ވަނަ ދުވަހު، މި ސެމިނަރ މާލޭގައި ބޭއްވުމަށ...

24 Jan 2021 | 09:42

މެޗް ކޮމިޝަނަރުން ތަމްރީނުކުރުމަށްޓަކައި ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސްގެ ފަރާތުން ސެމިނަރ އެއް ބާއްވަން ނިންމައިފިއެވެ.

އެގޮތުން މި ހިނގާ ޖެނުއަރީ 30 ވަނަ ދުވަހު، މި ސެމިނަރ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާ ކަމަށް އެފްއޭއެމް އިން ހާމަކުރެއެވެ.

ސެމިނަރ ގައި ބައިވެރިވާ ބޭފުޅުންގެ4 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ. މިގޮތުން ދިވައްސަކަށް ވެފައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވާން ޖެހެއެވެ. އޭގެ އިތުރުން އެމީހަކީ ފުޓްބޯޅައަށް ޝައުގުވެރިކަން ހުންނަ، އިނގިރޭސި ބަހުން ރަގަޅަށް ވާހަކަ ދައްކަން އެނގޭ މީހެއް ކަމުގައި ވާންޖެހެއެވެ. އަދިި ގްރޭޑް އަށަކުން ފާސްވެފައި އޮންނަން ޖެހެއެވެ.

މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން އަދި ފިރިހެން ބޭފުޅުން ބައިވެރިވާން އެދޭނަމަ، ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެއެވެ.

މި ތަމްރީނުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ2021 ޖެނުއަރީ 28 ވަނަ ދުވަހުގެ 14:00 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް