މިމަހު ކޯވިޑް ޖެހިގެން މަރުވި މީހުންގެ ތެރޭގައި ކައިވެނި ހަފްލާ ކްލަސްޓާގެ މީހަކު ހިމެނޭ

ކޯވިޑް-19 ޖެހިގެން މި މަހުގެ މަރުވި މީހުންގެ ތެރެއިން އެކަކަކީ ޝީ ބިލްޑްގައި މިދިޔަ މަހު އޮތް ކައިވެނި ހަފްލާ ކްލަސްޓާއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ މީހެކެވެ. މި މަހު ކޯވިޑް ޖެހިގެން ...

24 Jan 2021 | 09:40

ކޯވިޑް-19 ޖެހިގެން މި މަހުގެ މަރުވި މީހުންގެ ތެރެއިން އެކަކަކީ ޝީ ބިލްޑްގައި މިދިޔަ މަހު އޮތް ކައިވެނި ހަފްލާ ކްލަސްޓާއިން ކޯވިޑަށް ޕޮސިޓިވްވެގެން ފަރުވާ ދެމުން ދިޔަ މީހެކެވެ.

މި މަހު ކޯވިޑް ޖެހިގެން މަރުވެފައިވަނީ ދެ މީހުންނެވެ. އެއީ60 އަހަރާއި 77 އަހަރުގެ ފިރިހެނެކެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ކައިވެނި ހަފްލާ ކްލަސްޓާ އާއި ގުޅުން ހުރި 103 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އަދި އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައި އެވެ.

މަރުވެފައިވަނީ އެ ކްލަސްޓާ އާއި ގުޅުން ހުރި 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

މި ކައިވެނި ހަފްލާ އޮތީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ ހަފްލާގައި 120 މީހަކު ބައިވެރިވެފައިވެ އެވެ.

އެޗްޕީއޭއިން ވަނީ އެ ހަފްލާގައި ބައިވެރިވި އެންމެންނާއި އެ މީހުންނާއި ކޮންޓެކްޓުވި މީހުން ކަރަންޓިންކޮށްފައި އެވެ.

އޭގެ ތެރެއިން ފުރަތަމަ މީހާ ޕޮސިޓިވްވެފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ކްލަސްޓާ އާއި ގުޅުން ހުރި މީހުން ޕޮސިޓިވްވެފައިވާއިރު އެންމެ ފަހުން އެ ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ޕޮސިޓިވްވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އެޗްޕީއޭއިން ބުނީ އެ ކްލަސްޓާ އާއި ގުޅިގެން ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އެ ހަފްލާގައި ބައިވެރިވި މީހުން އެކަނި ނޫން ކަމަށެވެ. އޭގެ ތެރޭގައި ހަފްލާގައި ބައިވެރިވި މީހުންނާއި އެމީހުންގެ ކޮންޓެކްޓުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް