މާރާމާރީގެ ދެ މައްސަލަ އަކާއި ގުޅިގެން ދެ ބިދޭސީއަކު ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ހޯދަމުން ދަނީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ. މި ދެމީހުން ހޯދަމުން ދަނީ މާރާމާރީގެ ވަކި ދެ މައްސަލަައަކާއި ގުޅިގެންނެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައިވަނީ އުމުރުން 31 އަހަރުގެ މުހައްމަދު ބޮކިލް ހޮަސައިން އާއި އުމުރުން 41 އަހަރުގެ މުހަމަދުލް ހަސަން އެވެ.
މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 99110099 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.
މިދިޔަ މަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުގައި ބިދޭސީންނަށް ތޫނު އެއްޗެހިން ހަމަލާ ދިނުމުގެ ހާދިސާތަކެއް ހިނގާފައިވެ އެވެ. މިމައްސަލަތަކުގައި އެއްވެސް މީހަކު އޭރު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް