ޖަޕަނީޒް ގްރާންޓް އެއިޑްގެ މާސްޓަރސް ޑިގްރީ ސްކޮލަރޝިޕްއަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން  ދިވެހިރާއްޖެއަށް ދީފައިވާ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، 2020...

24 Jan 2021 | 07:46

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން  ދިވެހިރާއްޖެއަށް ދީފައިވާ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، 2020 ނޮވެމްބަރ 30 އަށް އެކަށީގެންވާ ޢަދަދަކަށް ކުދިން ހުށަހަޅާފައި ނުވާތީ، އަލުން އެ ފުރުސަތު ހުޅުވާލީ ކަމަށެވެ.

މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.

https://twitter.com/cscmaldives/status/1353216260474068993

2021 ފެބްރުވަރީ 3 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 13:30 މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އަށް ފޯމް ހުށަހެޅޭނެއެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހަޅަން ވީ ތަކެތި JDS ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ. މިކަމަށް އެދި ހުޑަހަޅާނަމަ، އެ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި އެޕްލިކޭޝަންގެ 3 ސެޓް ހުށަހަޅަން ޖެހެއެވެ. އަދި  އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ސްކޮލަރޝިޕްގެ ނަން އަދި ކޯހުގެ ނަން ސިޓީއުރައިގެ ބޭރުގައި ލިޔެފައި ވާން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް