ހެލްތް ވޯކަރުންނަށް: ވެކްސިންތައް ދިނުމާ ބެހޭގޮތުން ގިނަ އެއްޗެހި ދަސްކުރަން މަސައްކްތަ ކުރައްވާ!

ވެކްސިންތައް ދިނުމާ ބެހޭގޮތުން ގިނަ އެއްޗެހި ދަސްކުރަން މަސައްކްތަ ކުރައްވުމަށް ހެލްތް ވޯކަރުންގެ އަރިހުން ޑރ. މުހައްމަދު އަލީ އެދިލައްވައިފިއެވެ. ޑރ މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅު...

24 Jan 2021 | 07:20

ވެކްސިންތައް ދިނުމާ ބެހޭގޮތުން ގިނަ އެއްޗެހި ދަސްކުރަން މަސައްކްތަ ކުރައްވުމަށް ހެލްތް ވޯކަރުންގެ އަރިހުން ޑރ. މުހައްމަދު އަލީ އެދިލައްވައިފިއެވެ.

ޑރ މުހައްމަދު އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި، ކޮންމެ ސެކްޝަންއެއްގައި މަސައްކަތް ކުރެއްވި ނަމަވެސް، ވެކްސިންތަކާއި ވެކްސިންދިނުމާ ބެހޭގޮތުން ގިނައިން މައުލޫމާތު ހޯދައި ދަސްކުރަން މަސައްކަތްކުރައްވަން ވާނެ ކަމަށެވެ.

ވެކްސިނަށް ޖޯކު ނުޖެހުމަށް ޑރ އެދިލައްވާފއި ވާއިރު، ޚާއްޞަ ގޮތެއްގައި ކޮވިޑް 19ގެ ވެކްސިންއާ ގުޅިގެން ހެލްތް ވޯކަރުން ދައްކަވާ ވާހަކަތައް ރައްޔިތުން އަޑުއަހާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވެކްސިނާ ބެހޭގޮތުން އެހެން މީހުންނަށް މައުލޫމާތު ދެއްވުމަށް ޑރ މުހައްމަދު އަލީ އިލްތިމާސް ކުރައްވައެވެ.

ކޮވިޑް 19 އާ ގުޅިގެން މިއަދު ޑރ ކުރައއްވާފައިވާ އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެހެން ގައުމުތަކުގައި ކަންތައް ވަމުން އަންނަގޮތުން އަހަރެމެން ފިލާވަޅު ލިބިގަންނަން ވާނެ ކަމަށެވެ. ލޮކްޑައުން އަކަށްފަހު ލޮކްޑައުންއެއް ބައެއް ގައުމުތަކުގައި އިއުލާނު ކުރަމުން ދެއެވެ.

ވައިރަހުން ސަލާމަތް ވުމަށްޓަކައި ކުރަން ޖެހޭ ކުދިކުދި ކަންތައްތަކަށް އަހަރެމެން ރައްކާތެރި ނުވާނަމަ، އެހެން ގައުމު ތަކުގެ ދަރަޖައަށް އަހަރެމެން ވެއްޓޭނެ ކަމަށާއި، އެކަން އެގޮތަށް ނުވުމަށް މަސައްކަތް ކުރުމަކީ އަހަރެމެންގެ އަތްމަތީގައި ވާ ކަމެއް ކަމަށް ޑރ ފާހަގަ ކުރެއްވިއެވެ.

މި ފަހަކަށް އަހިސް ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު މިވަނީ ގިނަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް