ރ. ރަސްމާދޫ ބަނދަރު ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާ ކަމަށާއި  މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ފަށާފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. އ...

24 Jan 2021 | 06:59

ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށް ދާ ކަމަށާއި  މި މަޝްރޫޢުގެ ދަށުން، ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ފަށާފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އަދި މިހާރު ކުރިއަށްދަނީ މިހާރު ލާފައިވާ އެއްގަމުތޮށި ތަޅާލުމުގެ މަސައްކަތެވެ.

‏ ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް އެރަށަށް ގެންގޮސްފައި ވަނީ 2020 ޑިސެމްބަރ 28ގައެވެ.

މި މަޝްރޫޢުގެ ދަށުން 8،100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި،  600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

އަދި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.7  މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 2020 ޖުލައި 26ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް