ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަނީ

ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ، ބަންގްލަދޭޝްގެ ރައްޔިތެއް ހޯދުމަށް ފުލުހުން އިއ...

24 Jan 2021 | 06:06

ސައުތު ޕޮލިސް ޑިވިޜަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް ، ބަންގްލަދޭޝްގެ ރައްޔިތެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

އެމްޑީ އިދްރީސް ނަމަކަށް ކިޔާ މި މީހާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މިއީ 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކޮށް އަންގާފައި ވެއެވެ.

18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތަހުގީގަށް މި މީހާ ހޯދަމުން ދާއިރު، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ 10:00 އަށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވުމަށް އެމްޑީ ސިދްރީސަށް އަންގައި އިއުލާނުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް