އިއްޔެ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާއި ފޮށިގެން ހައްޔަރު ކުރީ އިސްލާމީ މަރުކަޒަށް ބަރަހަނާ ހާލުގައި ވަތް މީހާ ކަމަށް ފުލުހުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމި މަރުކަޒަށް ބަރަހަނާ ހާލުގައި ވަދެގެން އެމީހާ ހައްޔަރު ކުރީ 8:30 ހާއިރު އެވެ. އެއީ ބަންގްލަދޭޝް ފިރިހެނެކެވެ.
އިއްޔެ ހެނދުނު ފުލުހުން ބުނީ ހައްޔަރު ކުރުމަށް ފަހު އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.
އެމީހާ އިއްޔެ މެންދުރެއް ހާއިރު ޑޮލަރު އޭޓީއެމް ކައިރިން ހައްޔަރު ކުރީ އެ ސަރަހައްދުން ދިޔަ އަންހެނުންތަކަކާއި ފޮށިގެންނެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ގަދަ ދައްކާތީ ހިފަހައްޓައި ބިންމައްޗަށް ވައްޓާލައިގެންނެވެ.
އަލުން އެމީހާ އެހެން މައްސަލައެއްގައި ހައްޔަރު ކުރަން ޖެހުނު އިރު ފުލުހުން ދަނީ ސްޕޮންސަރާއި ގުުޅިގެން އެމިހާ އަނބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތް ކުރަމުން ނެވެ.
ފުލުހުން ބެލި ބެލުމުން އެމީހާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް