މާރާމާރީގެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާނަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ހޯދަން އިއުލާނު ކޮށްފައިވަނީ ސ. ހިތަދޫ، ޚަރީފީގެ، ޢަބްދުﷲ ނަވީދު (23އ) އެވެ.
ފުލުހުން ބުނީ ޢަބްދުﷲ ނަވީދު ހޯދަމުންދަނީ 2017 ޖެނުއަރީ 13 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ހިންގި މާރާމާރީއަކާއި ގުޅިގެން އެ މައްސަލައިގެ ތަހުޤީޤަށް ކަމަށެވެ.
ޢަބްދުﷲ ނަވީދު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 ނުވަތަ އައްޑޫ ސިޓީ ޕޮލިސްގެ އިންވެސްޓިގޭޝަން ޑިއުޓީ ނަމްބަރު 9796240 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް