ވިސާމް އާއި ލީވާން 28 ހާސް އަށް ސަތޭކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރު، 28 ހާސް އަށް ހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ. އެ ހުކުމް މި ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވަނީ ދައުލަތުން ވިސާ...

24 Jan 2017 | 09:36

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ވިސާމް އާއި ލީވާން އަލީ ނާސިރު، 28 ހާސް އަށް ހާސް ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.

އެ ހުކުމް މި ދެ ނޫސްވެރިންގެ މައްޗަށް ކޮށްފައިވަނީ ދައުލަތުން ވިސާމް އާއި ލީވާންގެ މައްޗަށް އުފުލި ދައުވާގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ. އެ ދެ ނޫސްވެރިންގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅި ކަމުގެ ދައުވާ އެވެ.

އެ ދައުވާގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ސްޓޭޑިއަމް ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އިސްކަންދަރު ކޮށި ދޭއް ކައިރީގައި ތިބި މީހުން ދިޔުމަށް ފުލުހުން އެންގި ވަގުތު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރަން އުޅެނިކޮށް ފުލުހެއް ގައިގައި ވިސާމް ފަހަތުން ބައްދާލުމަށް ފަހު ފަހަތަށް ދަމައިގެންފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް