ބުރަކަށީގައި ރިއްސުން ރަނގަޅު ކުރެވިދާނެ ގޮތްތަކެއް!

އާންމުކޮށް ބުރަކަށީގައި ރިއްސަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނުބައިކޮށް ހަށިގަނޑު އަނބުރާލެވުން، މަސްތަކަށް އަންނަ ބަދަލެއް ނުވަތަ  ކަށިގަނޑަށް ލިބޭ ގެއްލުން ހިމެނެ އެވެ. ބުރަކަށީގައި ރިއްސުމަކީ ...

24 Jan 2017 | 06:18

އާންމުކޮށް ބުރަކަށީގައި ރިއްސަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނުބައިކޮށް ހަށިގަނޑު އަނބުރާލެވުން، މަސްތަކަށް އަންނަ ބަދަލެއް ނުވަތަ  ކަށިގަނޑަށް ލިބޭ ގެއްލުން ހިމެނެ އެވެ. ބުރަކަށީގައި ރިއްސުމަކީ އެ ދުވަހެއްގެ މޫޑު ބަދަލުކޮށްލާ ކަމެކެވެ.

ތިރީގައި އެވަނީ ޑޮކްޓަރަކަށް ދެއްކުން ނޫނީ ފިޒިއޮތެރަޕިސްޓެއް ކައިރިއަށް ދިއުމުގެ ބަދަލުގައި ކުޑަ ކަސްރަތަކުން ބުރަކަށީގައި ރިއްސުން ރަނގަޅުކޮށްލެވިދާނެ ބައެއް ކަންކަމެވެ.  އިންޑިއާގެ މަޝްހޫރު ޔޯގާ ތަޖުރިބާކާރެއް ލަފާދޭގޮތުގައި މި ކަސްރަތުތައް ކޮށްލައިގެން ބުރަކަށްޓައް އަރާފައި ހުންނަ ތަދު ފިލައި، ކަށީތައް ވަރުގަދަވެ ހަށިގަނޑަށް ލުއި އިހުސާސް ވާނެ އެވެ.

ހަށިގަނޑު ދަމާލުން:

ހަށިގަނޑު ދަމާލައިގެން އުއްޑުން އޮތުމުން ބުރަކަށްޓައް އަރާމުވެ، ކަށިތައް ހަމަޖެހިލައެވެ. އަދި ކޮނޑު ހުޅު ހަމައަކަށް އެޅި މަސްތައް ހަމަޖެހިލައެވެ.

ފަޔާއި އަތް ދަމާލުން:

އަތާފައި ދަމާލުމަށް ފަހު ހިންދެމިލުމުން އަތާއި ފަޔަށް އަރާފައި ހުންނަ ތަދު ފިލާ، ވަރުގަދަ ވެ އެވެ. އަދި އުނަގނޑުގެ ތަދުތަކަށް ލުއި ލިބެ އެވެ.

އޮށޯވެ އޮވެ އުނަގަނޑު ހިއްލާލުން:

ޔޯގާ ތަޖުރިބާކާރުން ބުނާގޮތުގައި އުއްޑުން އޮށޯތުމަށް ފަހު އުނަގަނޑު ހިއްލާލައިގެން އިރުކޮޅެއްގައި އޮތުމަކީ ހަށިގަނޑަށް ވަރަށް ލުއިވާނެ ކަމެކެވެ. ހާއްސަކޮށް ބުރަކަށްޓައް އަރާފައި ހުންނަ ހުރިހާ ތަދެއް ފިލާދާނެ އެވެ.

ކަކޫ މަތީގައި އޮށޯވެލުން:

ފަލަމަސްގަނޑުގައި ހަށިގަނޑު ދަމާލުން:

ބިންމަތީގައި އިށީނުމަށް ފަހު ފައި ފަލަމަސްގަނޑުމަތީގައި އޮށޯވެ ބޯވަތައް ޖަހާލައިިގެން އިރުކޮޅެއްގައި އޮވެލާށެވެ. އޭރުން ކަރުގެ ނާރުތަކަށް ހަމަޖެހުން ލިބި މައިބަދައަށް ހަމަޖެހުންލިބޭނެ އެވެ.

ބަނޑުން އޮވެ އަތާއި ފައި އަދި ބޯ މައްޗަށް ނެގުން:

އުޑުތިލަމަތިން އޮށޯތުމަށްފަހު ފައި އަދި ބޯ ހިއްލާލުމަށްފަހު ދަމާލާށެވެ. އޭރުން މައިބަދައިގާ ހުރި ހުރިހާ ތަދެއް ފިލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް