މަރުވެފައި އޮތް އަންހެނަކު މާލޭ ގެއަކުން ފެނިއްޖެ

މާލޭ ގެ އެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފެނިފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. އެ އަންހެންމީހާ ފެނިފައިވަނީ މާފަންނު ގެއަކުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅ...

24 Jan 2017 | 06:02

މާލޭ ގެ އެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. ފެނިފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެކެވެ. އެ އަންހެންމީހާ ފެނިފައިވަނީ މާފަންނު ގެއަކުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއެއްގައި ނިދާފައި އޮތް އަންހެނަކު ހޭނުލައިގެން މިއަދު ހެނދުނު 9:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި ބެލެވޭގޮތުގައި އެމީހާ އޮތީ މަރުވެފައި ކަމަށެވެ.

އެމީހާގެ ހަށިގަނޑު މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ މ ޏަމްޏަމް ގެއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް