މާލޭ، ސައި ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ކެނެރީ މަގުގައި ހުންނަ "ފަސޭހަ ރެސްޓް" ހޮޓަލުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ހޮޓަލުގެ ބަދިގޭގައި ހުރި ގޭ...

24 Jan 2015 | 17:34

ކެނެރީ މަގުގައި ހުންނަ "ފަސޭހަ ރެސްޓް" ހޮޓަލުގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ހޮޓަލުގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގައި ރޯވެގެން ކަމަށެވެ.

"ގޭސްފުޅިއެއްގައި ރޯވީ، ދެން އެތާ އުޅުނު ބިދޭސީންތައް ހަޅޭއްލަވަމުން ކޮޅުކޮޅަށް ދުވަނިކޮށް، ދިވެއްސަކު އެތަނަށްވަދެ އަލިފާން ނިވަން ބޭނުންކުރާ ފުޅި ބޭނުންކޮށްގެން އަލިފާންގަނޑު ނިއްވާލީ" ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ބެހޭގޮތުން މައުލޫމާތު ހޯދާލުމަށް އެމްއެންޑީއެފަށް ގުޅުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ދުވަހަށް މައުލޫމާތު ދިން މީހާ އިތުރަށްބުނީ އަލިފާނުގެ ހާދިސާ ހިނގި ހޮޓަލަށް އެމްއެންޑީއެފުން ދިޔަ ކަމަށާއި ނަމަވެސް ސިފައިން ދިޔަ އިރު އަލިފާން ނިވާލާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް