ގޭގެއިން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

ތ.މަޑިފުށީ ގޭގެއިން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ...

24 Jan 2015 | 15:42

ތ.މަޑިފުށީ ގޭގެއިން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 2015 ޖެނުއަރީ 22 ވަނަ ދުވަހު ދަންވަރު މަޑިފުށިން ވައްކަން ކުރަމުންދަނިކޮށް ރައްޔިތުން އެހީތެރިކާމާއި އެކު އެރޭ ފަތިހު 04:00ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށްބުނީ އޭނާ ވަގަށްނެގި ގިނަ އަދަދެއްގެ ތަކެތި ހޯދާފައިވާކަމަށެވެ. މިތަކެތި ފުލުހުން ހޯދީ ރައްޔިތުންގެ އެހީތެރިކަމާއެކުގައި ކަމަށާއި ވަގަށް ނަގާފައިވަނިކޮށް ހޯދާފައިވާ ތަކެތީގެ ތެރޭގައި ގޭގޭގައި ހިއްކަން އަޅާފައިހުރި އަންނައުނާއި ކާބޯތަކެއްޗާއި މޯބައިލް ފޯނާއި ކުޅޭ ސާމާނު ފަދަ ތަކެތި ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ  މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް