ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިރުގެ އަވިން ހަކަތަ އުފެއްދުމާއި ބެހޭ ޕްރޮގްރާމް 'ސޯލަރ ޕަވަރ ޕްރޮގްރާމް ފޯރ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސަސް އެންޑް ހޯމްއޯނާރސް' ސެމިނާ ބާއްވައިފި އެވެ.
ކ. މާފުށީގައި ކުރިޔަށް ގެންދިޔަ އެ ސެމިނާއަކީ ޖަޕާނު ސަރުކާރުގެ ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވާރްމަންޓް މިނިސްޓާ ތޯރިގު އިބްރާޙީމެވެ.
ފެށުމުގެ ރަސްމިއްޔާތުގައި ތޯރިގު ވިދާޅުވީ އިބްރާހީމް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމުގެ ގޮތުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމަށް ބާރުއެޅުމަށާއި އަދި އެކި ބޭނުން ތަކަށް އަންދަމުންދާ ތެލުގެ ބަދަލުގައި އިޔާދަކުރަނިވި ހަކަތައިގެ ވަޞީލަތްތަށް ޤާއިމު ކުރުން މުހިންމު ކަމަށެވެ. މިނިސްޓާ ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަ ކުރުމަށާއި އަދި ހަކަތައިގެ ރައްކާތެރިކަން ހޯދުމަށް ރާއްޖޭގައި އަވިން ހަކަތަ އުފައްދާ ނިޒާމުތައް ގާއިމު ކުރެވެމުންދާކަމަށެވެ.
ޖަޕާނު ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު 2013 ވަނަ އަހަރު މޭ މަހު ހެދިފައިވާ އެއްބަސްވުމުގެ ދަށުން ބައިލެޓަރަލް މާކެޓް މެކޭނިޒަމް އެއ ގާއިމު ކުރެވިފައިވާއިރު ޔޫ.އެން.އެފް.ސީ.ސީ.ގެ ދަށުން ހިންގާ ސީ.ޑީއެމް މެކޭނިޒަމް އެކޭ އެއްފަދައިން، މި މެކޭނިޒަމްގެ މަގްސަދުތަކުގެ ތެރޭގައި ކްލައިމެޓް މިޓިގޭޝަންގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ހަރުދަނާކުރުން ހިމެނޭ ކަމަށް އެންވާރްމަންޓް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް