ބްރިޖް މަޝްރޫ އާއި އެއާޕޯޓުގެ މަސައްކަތް ދާގޮތް ވަރަށް ގާތުން ބަލަން: ޗައިނާ ރައީސް

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް މަޝްރޫއާއި އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ...

24 Jan 2015 | 07:25

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖް މަޝްރޫއާއި އިބުރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ކައިރިން ބައްލަވަމުން ގެންދަވާ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ޗައިނާގެ ރައީސް އެހެން ވިދާޅުވީ ރާއްޖޭން ޗައިނާއަށް ކަނޑައެޅި ސަފީރު މުހައްމަދު ފައިސަލް އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ޗައިނާގެ ރައީސަށް ހުށަހެޅުއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ. ފޮރިންގ މިނިސްޓްރީން ބުނީ އެ ދެ މަޝްރޫގެ އިތުރުން ހުރިހާ ވަގުތެއްގައި ވެސް ރާއްޖެ އަށް އެހީވުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށް ޒީ ވިދާޅުވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސަފީރު ފައިސަލް ވަނީ ރާއްޖެ އަށް ޗައިނާ ސަރުކާރުން ވަމުން އަންނަ އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނުގެ ފަރާތްޕުޅުން ވެސް އޭނާ ޒީއަށް ޝުކުރުއަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފައިސަލް ސަފީރުކަމުގެ ފަތްކޮޅު ޒީއަށް ހުށަހެޅުއްވުމުގެ ރަސްމިއްޔާތު އޮތީ މިދިޔަ ބުރާސްފަތި ދުވަހު ބެއިޖިންގެ ޕީޕަލްސް ހޯލްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް