ޑިޕްލޮމާއަށް ވުރެ ދަށް ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ ގޮތް ހަދައިފި

ވަޒީފާަ އަދާކުރަމުންދާ ޕްލޮމާ ސެޓްފިކެޓަށްވުރެ ދަށް ސެޓްފިކެޓް ތަކުގެ  ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން އެދުނު ގޮތަށް ގައުމީ ޔުނިވާސިޓީން ހަމަޖައްސައިފި އ...

24 Jan 2015 | 07:08

ވަޒީފާަ އަދާކުރަމުންދާ ޕްލޮމާ ސެޓްފިކެޓަށްވުރެ ދަށް ސެޓްފިކެޓް ތަކުގެ  ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ އިންތިޒާމް އެޑިއުކޭޝަން މިނިސްޓްރީން އެދުނު ގޮތަށް ގައުމީ ޔުނިވާސިޓީން ހަމަޖައްސައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އަންނަ އަހަރުން ފެށިގެން ޑިޕްލޮމާއަށް ވުރެ  ދަށުން ތައުލީމު ހާސިލް ކޮށްގެން ތިބި ޓީޗަރުންގެ ވަޒީފާ ގެއްލޭތި  ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ތަފާތު ހަ ދާއިރާއަކުން ސްޕެޝަލައިޒް ވެވޭ ގޮތަށް 'ޑިޕްލޮމާ އިން ޓީޗިން' މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޓީޗަރުންނަށް ކިޔެވުމަށް ހުޅުވާލި ދާއިރާތަކަކީ އިސްލާމް، ދިވެހި، ގުރުއާން، އާލީ ޗައިލްޑްހުޑު އެޑިއުކޭޝަން، ހެލްތު އެންޑު ޕީއީގެ އިތުރުން ކްރިއޭޓިވް އާޓްސް އެވެ.

ސަރުކާރުން މިފަހަރު ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިން އިރު ޑިޕްލޮމާއަށްވުރެ ދަށް ސަނަދުތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް "އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް" ގެ ނަމުގައި އަސާސީ މުސާރައިގެ 20 ޕަސެންޓު ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި އެއީ ޑިޕްލޮމާ ސަނަދުތަކާއި އެކު މަސައްކަތް ކުރައްވާ ޓީޗަރުންނަށް ހަމަޖެއްސި "އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް" 15 ޕަސެންޓު އަށްވުރެއް ފަސް ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެޑިއުކޭޝަނުން ބުނީ އެގޮތަށް ހަމަޖެއްސީ އެފަރާތްތަކަށް ކިޔެވުމަށް ހިތްވަރު ދެއްވުމުގެ ގޮތުންނެވެ.

ޔުނިވާސިޓީން، ޓީޗިން ޑިޕްލޮމާ ސަނަދަކަށް ކަނޑައަޅުއްވާފައިވާ ކޯސްފީ 6360 ރުފިޔާގެ ޖުމުލަ 25 ޕަސެންޓު ޑިސްކައުންޓެއް ސުކޫލުގައި މަސައްކަތް ކުރަމުން ޓީޗިން ޑިޕްލޮމާ ސަނަދަށް ކިޔެވުމަށް ދީފައިވާ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ. އަދި މިިހާރު ގައުމީ ޔުނިވާސިޓީން ހުޅުވާލާފައިވާ ޓީޗިން ޑިޕްލޮމާ ސަނަދަށް ސުކޫލުތަކުގެ ޓީޗަރުން ދައްކަން ޖެހެނީ 4770 ރުފިޔާ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެއީ މަހަކަށް 397.50 ރުފިޔާ އެވެ.

މިހާރުވެސް އަތޮޅުތެރޭގައި މަސައްކަތް ކުރަމުންދާ ގިނަ ޓީޗަރުން ދަނީ އޮންލައިންކޮށް ގައުމީ ޔުނިވާސިޓީން ހިންގާ ޑިޕްލޮމާއާއި ޑިގްރީ ކޯސްތައް ފުރިހަމަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް