ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ މަގާމުން އަލީ ސީޒަން އިސްތިއުފާ ދެއްވައިފިއެވެ.
މަޝްހޫރު ފިލްމީތަރި އަލީ ސީޒަން އަދާކުރަމުންދިޔައީ ސްރީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމެވެ.
ސީޒަން އިސްތިއުފާދެއްވިކަން ސީޒަންގެ ގާތް އާއިލާ ބޭފުޅަކު ދުވަހަށް ކަށަވަރުކޮށްދެއްވިއެވެ. ނަމަވެސް ސަބަބު ހާމަކުރަން ސީޒަން ބޭނުންފުޅުނުވާކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
ސީޒަން އެ މަގާމަށް އައްޔަންކޮށްފައިވަނީ މި އަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް