ހީނާ ވައްކަމެއް ނުކުރާނެކަމީ ސައްތައިން ސައްތަ ޔަގީންކަމެއް: އެމްޕީ ޝުޖާއު

އެންސްޕާގެ ސީއީއޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަކީ ވައްކަންކުރާނެ މީހއް ނޫންކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެވެ. އެކްސްގައި މިރޭ ކުރެއްވި ޕޯ...

23 Dec 2024 | 17:38

އެންސްޕާގެ ސީއީއޯ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދަކީ ވައްކަންކުރާނެ މީހއް ނޫންކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ހީނާ ވަލީދު ވައްކަމެއް ނުކުރާނެކަން އެއީ ސައްތައިން ސައްތަ ޔަގީންކަމެއް ކަމަށެވެ.

އެމްޑީޕީ ވެރިކަމުން ބާލަން ކުރި މަސައްކަތުގައި ހީނާ ވަލީދަކީ އެއް ފަހުލަވާނުކަން ފާހަގަކޮށް ޝުޖާއު ވިދާޅުވެފައިވަނީ ފުރައްސާރަކޮށް އުނދަގޫކުރިޔަސް އެކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި ގަޓު ހީނާގެ ހުންނާނެކަމަށެވެ.

ޝުޖާއު މިހެން ވިދާޅުވެފައިމިވަނީ އެންސްޕާގެ އާ އޮފީސް އިމާރާތް ހޯދުމަށް ހެދި އެއްބަސްވުމާއި ގުޅޭ ވާހަކައިން ހީނާއަކީ ވަގެއްކަމަށްބުނެ އިސްތިއުފާއަށް އިދިކޮޅުން ގޮވަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް