ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން އެކަން ކަށަވަރުކޮށްދެއެވެ.
ފުލުހުން މިރޭ ބުނީ އެޗްޑީސީއިން ފަސް ލެޕްޓޮޕް ވަގަށްނެގި މައްސަލައެއް ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެޗްޑީސީއިން ބުނެފައިވަނީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ފަސް ލެޕްޓޮޕެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާނެކަމަށެވެ.
އެ ލެޕްޓޮޕްތައް ގެއްލިފައިއެވަނީ ހައުސިން ސްކީމްތަކާއި ބެހޭ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފުލުހުންނާއި އޭސީސީއިން ތަހުގީގުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް