ފެނަކައިން އިސްތިއުފާ ދިނީ ސަރުކާރުން އެއްވެސް ތުހުމަތެއް ކޮށްގެން ނޫން ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވި މުއާޒް މުހައްމަދު ވިދާޅުވެއްޖެއެވެ.
މުއާޒް މިހެން ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން މުއާޒަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއްކޮށް ވާހަކަތަކެއް ދައްކަމުންގެންދާތީއެވެ. އެގޮތުން އެފަރާތްތަކުން ތުހުމަތު ކުރާ ބައެއް ކަންކަމަކީ، ކުންފުންޏަށް ނުކަތާ ވަރަށް ވަޒީފާ އިތުރު ކުރުމާއި، މާލީ ކަންކަން އޮޅުވާލުން ފަދަ ކަންކަމެވެ.
މިކަމާއި ގުޅިގެން މުއާޒް ވިދާޅުީ އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެފަދަ އެއްވެސް ތުހުމަތެއް ސަރުކާރުން ނުކުރާ ކަމަށެވެ.
"ހަގީގަތް އޮޅުވާލަން ނޫޅޭ! ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖާ ދައްކަން" މުއާޒް އެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
މުއާޒް މިއަދު ފެނައިކައިގެ އެމްޑީ މަގާމުން އިސްތިއުފާ ދެއްވި އިރު އިސްތިއުފާ ދެއްވުމަށް ފިނުއްވި ސިޓީގައި ވަނީ އެ މަގާމުން އިސްތިއުފާ ދޭން ޖެހުނީ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުންނާއި، ކަންކަން ދާގޮތުން ފެނަކައިގެ މުސްތަގުބަލު ފަހިވާނެކަމަށް ނުބެލެވޭތީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް