ފެނަކައިގެ އެމްޑީއަކަށް ނަޖާހް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފިއެވެ. ނަޖާހްއަކީ ސިފައިންގޭގައި21 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަޖާހް މަތީ ތައުލީމު ހާސި...

23 Dec 2024 | 11:08

ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ނަޖާހު ޕީސީބީން މިއަދު އައްޔަން ކޮށްފިއެވެ.

ނަޖާހްއަކީ ސިފައިންގޭގައި21 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ނަޖާހް މަތީ ތައުލީމު ހާސިލް ކުރައްވާފައިވަނީ ލޮޖިސްޓިކްސް ދާއިރާއިންނެވެ. ލޮޖިސްޓިކްސް ދާއިރާއިން ނަޖާހްވަނީ މާސްޓާސް ހަދާފައެވެ.

ނަޖާހު މަގާމަށް އައްޔަން ކޮށްފައިވަނީ އެ މަގާމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ28 އިން ފެށިގެން ހުންނެވި މުއާޒް މުހައްމަދު ރަޝީދު  އެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެ ކުންފުނީގެ ކަންކަން އިތުރަށް ރަގަނޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް ވިދާޅުވުމަށް ފަހުއެވެ.

އިސްތިއުފާ ސިޓީގައިވާ ގޮތުން އެ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑު ކަމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތައް ވެއްޓިފައި ވާ ކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް