ކުރީ ސަރުކާރުން ގޯތި ލިސްޓު އެކުލަވާލާފައިވަނީ ބޭއިންސާފުން ކަމަށާއި، ފަހުންވެސް އެކަން ކުރީ ބޭއިންސާފަށް ކަމަށް ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގޯތި މައްސަލައާއި ގުޅިގެން މިއަދު ރައީސް ނަޝީދު ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ނުހައްގުން ގޯތި ބަހާފައިވާ މައްސަލައާއި ގުޅިގެން އެ މަނިކުފާނު ދަންނަވަން ބޭނުންފުޅުވަނީ މީގެކުރިންވެސް ދަންނަވާފައިވާ ވާހަކަ ކަމަށެވެ. އެއީ ކުރީގައިވެސް ލިސްޓުހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ. އަދި މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮިޅޭއް އެކުލަވާލާފައިވާކަމަށެވެ.
އެހެން ނަމަވެސް މިފަހަރު މިވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި ކަމަށާއި އެޗްޑީސީގެ ވެރިން ބަދަލު ކޮށްފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މި މައްސަލައިގައި ފުލުހުން ރަގަނޅު ތަހުގީގެއް ހިންގާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، އެޗްޑީސީއަށް އަލަށް އައްޔަންކުރެއްވި މެނޭޖިން ޑިރެކްޓަރު މައުރޫފު ޖަމީލް ކަންކަން އިސްލާހު ކުރައްވާނެ ކަމަށެވެ.
ގޯތީގެ މައްސަލައާއި ގުޅިގެން އޭސީސީން މައްސަލަ މީހާރު ތަހުގީގު ކުރަން ފަށާފައިވާ އިރު، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށާއި އޭސީސީއަށް، ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފު ވަނީ އަމުރުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް