ޕީއެސްއެމްގެ ޗެއާޕާސަނަކަށް ނަމްޒާ އައްޔަންކޮށްފި

ޕަބްލިކް ސާވިސް މީޑިއާގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިިއުޓީ މިނިސްޓާރު އާމިނަތު ނަމްޒާ މިއަދު އައްޔަންކޮށްފިއެވެ. އެ މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް ހިލްމީއެވެ. އެ މަގާމަށް ހިލްމީ ހަމަ...

23 Dec 2024 | 10:15

ޕަބްލިކް ސާވިސް މީޑިއާގެ ޗެއާޕާސަނަކަށް ލޯކަލް ގަވަމެންޓުގެ ޑެޕިިއުޓީ މިނިސްޓާރު އާމިނަތު ނަމްޒާ މިއަދު އައްޔަންކޮށްފިއެވެ.

އެ މަގާމުގައި ކުރިން ހުންނެވީ އިބްރާހިމް ހިލްމީއެވެ. އެ މަގާމަށް ހިލްމީ ހަމަޖެއްސެވީ ކުރީ ސަރުކާރުން2019 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރޭއެވެ. އެހެން ނަމަވެސް ވެރިކަން ބަދަލުވުމާއި ގުޅިގެން މިދިޔަ ޖެނުއަރީ މަހު ބޯޑޫން އޭނާ ވަކިކުރީއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ޕީއެސްއެމްގެ ބޯޑާއި ޗެއާޕާސަންގެ މަގާމަށް، ޕްރެޒެންޓަރ ނަމްޒާ ހަމަޖައްސާފައިިވާ ކަމަށެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިއްޔެ ވަނީ ނަސްރީން ހަމަޖައްސާފައެވެ. އެ މަގާމަށް ނަސްރީން ހަމަޖެއްސީ އެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސައީދު މަގާމުން އިސްތިއުފާދެއްވީ މަގާމުގައި ހުންނެވިތާ ހަތަރު މަސް ވާން އުޅެނިކޮށް ސިއްހީ ސަބަބުތަކަކާ ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް