ފުވައްމުލައް ސިޓީ ބޭރުން ސޯމާލިޔާގެ ބަޔަކު ފެނިފައިވާކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބަރ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
"އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ތިބި، މި ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކަނޑުމަތިން ބެހިގެންދިޔަ ކަމަށްބެލެވޭ ސޯމާލިޔާ ބަޔަކު މިއަދު ފުވައްމުލަކަށް ގެނެވިފައިވާތީ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް