ސަރުކާރުން ފަށާފައިވާ 'ފަސް އަހަރުން ފަސް މިލިއަން ގަސް' ޕްރޮގްރާމްގައި ސްޓެލްކޯއިން މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯއިން އިއްޔެ ބުނެފައިވަނީ އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ވަނީ ޖުމްލަ 52،334 ގަސް އިންދާފައިކަމަށެވެ.
މިކަމުގެ އިތުރު ތަފްސީލު ހިއްސާކުރައްވަމުން އަދި ގަސް އިންދުމުގެ މި ޕްރޮގްރާމަށް ރައީސަށް ޝުކުރާއި މަރުހަބާ ދަންނަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެފައިވަނީ މަހެއްގެ މައްޗަށް ސްޓެލްކޯގެ މުވައްޒަފުން އެވްރެޖްގޮތެއްގައި 8340 ގަސް އިންދަމުން އަންނަކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް