ޑިންގާ ޑިންގާ ވައިރަސް (ނެށޭ ބަލި): ޔުގާންޑާގައި 300 އަށްވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވް ވެ ހެލްތު އެކްސްޕާޓުން ހައިރާން ކަމެއްގައި

އިރުމަތީ އެފްރިކާގެ ގައުމެއްކަމުގައިވާ ޔުގާންޑާގައި އާދަޔާ ޚިލާފު ބައްޔެއް ފެތުރެމުން އެބަދެއެވެ. މީގެ ދެތިންމަހެއްހާ ދުވަސްކުރިން ފެތުރެންފެށި އެ ބައްޔަށް އެންމެ ފުރަތަމަ ދިން ނަމަކީ "ޑިޒީޒް އެކްސް" ...

23 Dec 2024 | 00:27

އިރުމަތީ އެފްރިކާގެ ގައުމެއްކަމުގައިވާ ޔުގާންޑާގައި އާދަޔާ ޚިލާފު ބައްޔެއް ފެތުރެމުން އެބަދެއެވެ.

މީގެ ދެތިންމަހެއްހާ ދުވަސްކުރިން ފެތުރެންފެށި އެ ބައްޔަށް އެންމެ ފުރަތަމަ ދިން ނަމަކީ "ޑިޒީޒް އެކްސް" އެވެ. އެހެންނަމަވެސް އެ ބަލީގައި އެންމެ ފާހަގަކޮށްލެވޭ އަލާމާތަކީ މީހާގެ ހަށިގަނޑު ކޮންޓްރޯލެއްނެތި ތުރުތުރުއަޅުން ނެށުމެކޭ އެއްފަދަ ވުމުން މިހާރު އެ ބައްޔަށް ދީފައިވަނީ "ޑިންގަ ޑިންގާ ވައިރަސް" މި ނަމެވެ.

ފަސްޓްޕޯސްޓް އެފްރިކާއިން މީގެ ތިން ދުވަސްކުރިން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ޔުގާންޑާގެ ބޫންޓިބޫކިއު ސަރަހައްދުގައި ފެތުރެންފެށި މި ބަލި މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

މި ބަލި އެ ސަރަހައްދުން އެހެން ސަރަހައްދަކަށް އަދި ފެތުރިފައިނުވާއިރު ޔުގާންޑާގެ ޑަކުޓަރުންނާއި އާއްމު ރައްޔިތުން އަދި ތިބީ މި ބައްޔާއިމެދު ވާނުވާ ނޭނގި ޖަވާބެއް ނުލިބިއެވެ. ޖަވާބެއް ހޯދުމަށް ރަޝިޔާއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

https://www.youtube.com/shorts/15oINogfdJA

ޑިންގަ ޑިންގާ ވައިރަސްގައި ހުންގަދަވުމާއި ޕެރަލައިޒްވުންފަދަ ކަންކަން ދިމާވާއިރު އެންޓިބަޔޯޓިކް ދީގެން ދެތިން ހަފްތާއެއްގެ ތެރޭގައި މި ބަލިން ރަނގަޅުވާކަމަށްވެއެވެ. އެހެންނަމަވެސް މި ބަލި ފެތުރެމުންދާލެއް ބާރުކަމުން މި ބަލީގެ ނުރައްކާތެރިކަން ބޮޑުކަމަށް އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް