މޫކޭ މަޖިލީހަށް ވާދަކުރައްވަނީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް އިއުލާންކޮށްފިއެވެ. އެކްސްގައި މޫކޭ ކުރައްވާ...

23 Dec 2023 | 10:23

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވާކަމަށް އިއުލާންކޮށްފިއެވެ.

އެކްސްގައި މޫކޭ ކުރައްވާފައިވާ ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރަން ނިންމަވާފައިވާކަމަށެވެ.

މޫކޭ ވިދާޅުވީ ހުޅުމާލެ ފޭސް ދެއަކަށް ދިރުން ގެނެސް އަސާސީ ހައްޤުތައް ހޯދައިދިނުމަށް ބިރެއް، އިމެއްނެތި ވަކާލާތުކުރުމަށާއި، ކޮޅެއް މެދެއް ނުފެންނަ މާލެ ދަފްތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމާއެކު ދަފްތަރަށް ޤާނޫނީ ފަރުވާއިން ދާއިމީ ހައްލެއް ގެނެސްދިނުމަށް ތައްޔާރަށް ހުންނެވިކަން އެންމެ ބޭފުޅުންނަށް ކަށަވަރުކޮށްދެއްވާ ކަމަށެވެ.

2019 ވަނަ އަހަރު އެމްޑީޕީގެ ޕްރައިމަރީގައި މޫކޭ ވަނީ އޭނާ އުފަން ރަށް، މަޑުއްވަރީ ދާއިރާގެ ޓިކެޓު ހޯއްދެވުމަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް