އިންޑިއާއިން އަނެއްކާވެސް ކޮވިޑުގެ ގަވާއިދުތަކަށް އަމަލުކުރަން ނިންމައިފި

އިންޑިއާގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެންނަމުންދާތީ އެޤައުމުގެ ހެލްތް މިނިސްޓްރީއިން ކޮވިޑުން ރައްކާތެރިވެވޭނެ އައު ގައިޑްލައިނެއް ތައްޔާރުކޮށް އަމަލު ކުރަންފެށުމަށް ނިންމައިފިއެވެ. އިންޑިއާގެ ހެލްތް...

23 Dec 2022 | 18:49

އިންޑިއާގައި ކޮވިޑްގެ ގިނަ ކޭސްތަކެއް ފެންނަމުންދާތީ އެޤައުމުގެ ހެލްތް މިނިސްޓްރީއިން ކޮވިޑުން ރައްކާތެރިވެވޭނެ އައު ގައިޑްލައިނެއް ތައްޔާރުކޮށް އަމަލު ކުރަންފެށުމަށް ނިންމައިފިއެވެ.

އިންޑިއާގެ ހެލްތް މިނިސްޓަރ ޑރ.ބަރާތީ ޕްރަވިން ވިދާޅުވީ އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ޕަސިންޖަރުންގެ ރިޕޯޓްތައް ސަރުކާރުގެ ވެބްސައިޓަކަށް އަޕްލޯޑްކުރަން ޖެހޭނެ ކަމަށާއި ތާމަލް ސްކްރީނިން ހަދަން ޖެހޭނެ ކަމުގައެވެ. އެގޮތުން އިންޑިއާގެ އެއާޕޯޓުތަކަށް އަންނަ ފަސިންޖަރުންގެ ތެރެއިން 2 އިންސައްތަ މީހުން ރެންޑަމްކޮށް ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާނެ ކަމަށްވެސް ބަރާތީ ވިދާޅުވިއެވެ.

ކޮވިޑްގެ އަލާމާތްތައް ފެންނަ ހިސާބުން އެކަހެރިކުރުމަށް ފެސިލިޓީއަށް ގެންދިއުމާއޮ ގައިޑްލައިނާ އެއްގޮތަށް އެމީހަކު އެކަހެރިކޮށް، ފެސިލިޓީއަށް ގެންދެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ގައިޑްލައިންގައިވެއެވެ.

ޗައިނާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ މި ހަފުތާގެ ކުރީކޮޅު އިންޑިއާ ސަރުކާރުން ވަނީ މީހުން އެއްވާ ސަރަހައްދުތަކަށް މާސްކު އަޅައިގެން ނުކުތުމަށް އެ ޤައުމުގެ ހެލްތް މިނިސްޓްރީއިން އާންމުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް