ފްރާންސްގެ ޕެރިސްގައި މިއަދު ހިންގި ބަޑީގެ އަމަލެއްގައި ތިންމީހަކު ނިޔާވެ ހަތަރު މީހަކު ޒަހަމްވެފައިވާކަމަށް އެޤައުމުގެމީޑިއާތަކުންރިޕޯޓްކޮށްފިއެވެ.
ހާދިސާ ހިންގި ކަމަށް ބެލެވޭ 69 އަހަރުގެ ފިރިހެނަކުވަނީ ހައްޔަރުކޮށްފައިވާކަމަށާއި އެހާދިސާގައި އެފިރިހެންމީހާވެސް ޒަހަމްވެފައިވާކަމުގައި ޙަބަރުތަކުގައިވެއެވެ.މިހާދިސާ ހިނގާފައިވަނީ ޕެރިސްގެ ކުރްދިޝް ކަލްޗަރަލް ސެންޓަރުގައެވެ. އެ ސެންޓަރަކީ ކުރްދިޝް ސަގާފަތުގެ ކަންތައްތައް ކިޔަވައިދިނުމާއި ވިޔަފާރިކުރުންފަދަ ކަންކަން އޮންނަ ސަގާފަތާއި ގުޅޭ ސެންޓަރެކެވެ.
އެގައުމުގެ ފުލުހުން މިހަމަލާއަކީ ޓެރެރިސްޓް ހަމަލާއެއްގެ ގޮތުގައި ނުދެކުނެއްކަމަކު ދަނީ މައްސަލައިގެ އަސްލު ހޯދުމަށް އިންވެސްޓިގޭޓް ކުރަމުން ކަމަށް ޙަބަރުތަކުގައިވެއެވެ. އަދި އެ ހަމަލާގައި ޒަހަމްވެފައިވާ 4 މީހުންގެ ތެރެއިން އެކެއްގެ ހާލު ދެރަކަމަށް ޕެރިސްގެ ޕޮރޮސެކިއުޓަރ ޖެނެރަލް ލައުރެ ވިދާޅުވެފައިވެއެވެ.
އެއަވަށުގެ އާންމުން މިހަދިސާ ސިފަކުރަނީ ބިރުވެރި ސިހުމެއްގެ ގޮތުގައެވެ. އެގޮތުން ސައުދީ ގެޒެޓްގައި ޝާއިއު ކޮށްފައިވާ ޙަބަރެއްގައި ހާދިސާ ހިނގި ވަގުތު ހުރި ރެސްޓޯރަންޓެއްގެ އެސިސްޓަންޓް މެނޭޖަރެއް އެހާދިސާ ސިފަކުރި ގޮތް ލިޔެފައިވެއެވެ. މިގޮތުން މުސްކުޅި ދޮން މީހަކު އައިސް ކުރްދިޝް ކަލްޗަރަލް ސެންޓަރުގައި ބަޑި ޖަހަން ފެށުމުން ހުރުހާ މުވައްޒަފުންނާއެކު ފިލަން ރެސްޓޯރަންޓަކަށް ވަތް ކަމުގައާއި އަދި ފުލުހުންނަށް އެންގީ ކައިރީގައި ހުރި ބޯކޮށާ ތަނެއްގެ ފޯނު ބޭނުންކޮށްގެން ކަމުގައި އޭނާގެ ވާހަކައިގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް