ސޯލްޓް ބޭ ގެ މައްސަލަ ފީފާއިން ބަލަންފަށައިފި

ތުރުކީގެ މަޝްހޫރު ސެލްބްރިޓީ ޝެފް ސޯލްޓް ބޭ އަސްލު ނަމުންނަމަ ނުސްރެތް ގޮކެ، ވޯލްޑް ކަޕް ޓޮރޮފީގައި ނަގައިގެން އުޅުނު  މައްސަލަ ފީފާއިން ބަލަން ފަށައިފިއެވެ. ވޯލްޑް ކަޕް ޓޮރޮފީއަކީ ޙާއްސަ ވަކި ބަޔަކަށ...

23 Dec 2022 | 10:25

ތުރުކީގެ މަޝްހޫރު ސެލްބްރިޓީ ޝެފް ސޯލްޓް ބޭ އަސްލު ނަމުންނަމަ ނުސްރެތް ގޮކެ، ވޯލްޑް ކަޕް ޓޮރޮފީގައި ނަގައިގެން އުޅުނު  މައްސަލަ ފީފާއިން ބަލަން ފަށައިފިއެވެ.

ވޯލްޑް ކަޕް ޓޮރޮފީއަކީ ޙާއްސަ ވަކި ބަޔަކަށް އެކަނި އަތްލެވޭނެ ޓްރޮފީއެއްކަމުގައިވާއިރު އާޖެންޓީނާއިން ޓޮރޮފީއާއެކު ސެލެބްރޭޓް ކުރަމުން ދިޔަ ވަގުތު ސޯލްޓް ބޭ ވަނީ ޓޮރޮފީއާއެކު ފޮޓޯނަގުންފަދަ ކަންކަން ކޮށްފައެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކަކުން ދަނީ ނުރުހުން ފާޅުކޮށް އޭނާއަށް މަލާމާތުގެ ބަސްތައް ރައްދުކުރަމުންނެވެ. އޭނާއާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެކަމަށް ފީފާއިން ބުނެއެވެ.

މިމަހު 18 ވަނަ ދުވަހު ލުސައިލް ސްޓޭޑިއަމްގައި ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ސޯލްޓް ބޭ ފަދަ ފަރާތްތަކަކަށް ވޯލްޑް ކަޕް ޕިޗަށް އެކްސެސް ވެވުނު މައްސަލަތައް ފީފާއިން ބެލަމުންދާކަމަށްވެސް ފީފާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް