ފަތުރުވެރިންނަށް މުޅި ދުނިޔެއިން ދެވަނައަށް އެންމެ ރީތި ސިޓީ އަކީ ދުބާއީކަމަށް ޔޫރޯމޮނިޓަރ ގެ ބައިނަލްއަޤްވާމީ އެންމެ ރީތި 100 ސިޓީގެ ލިސްޓްގައި ހިމެނިއްޖެއެވެ.
ކޮންމެ އަހަރަކުވެސް ހޮވާ މި ލިސްޓުގައި ވަނަ ތަރުތީބު ކުރެވެނީ ހަ ކަމެއްގެ މަށްޗަށެވެ. އެގުތުން އެ ޤައުމެއްގެ ވިޔަފާރީ އަދި އިޤްތިސާދީ ކުރިއެރުމާއި ފަތުރުކެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަކާއި ފަތުރުވެރިކަމުގެ ކުރިއެރުމުގެ އިތުރުން ސަލާމަތާއި ސިއްހަތު އަދި ދެމެހެއްޓެނިވި ތަރައްގީގެ މަށްޗަށް ބިނާކޮށް ވަނަ ތަރުތީބު ކުރެވެއެވެ.
ޔޫރޯމޮނިޓަރގެ މެދުއިރުމަތި އަދި އެފްރިކާ ހިސާބުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ލިސްޓުގެ އެންމެ ކުރީގައި ދުބާއީ ހިމެނޭ މިއީ ދެވަނަ އަހަރެވެ. އަދި ދުނިޔޭގެ ޓްރެވެލް އެންޑް ޓުއަރިޒަމް ކައުންސިލުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އެ ސިޓީ އެއްގައި ފަތުރުވެރިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ދުބާއީގައެވެ. އެގޮތުން 29.4 ބިލިއަން ދިރުހަމު މިއަހަރު އެކަނިވެސް ފަތުރުވެރިންގެ ސަބުބުން އެ ސިޓީއަށް ލިބިފައިވާކަމުގައި އެ ދިރާސާއިން ހާމަވެއެވެ.
ފަތުރުވެރިންގެ ހިތް ދަމައިގަންނަފަދަ މަންޒިލްތައް ދުބާއީގައި ބައިވަރެވެ. އެގޮޔުން ބުރުޖް ޙަލީފާ އާއި ދުބާއީ އެކުއޭރިއަމް އަދި ކަނޑު އަޑީގެ ޒޫ އާއި މިރެކްލް ގާޑެން އަދި ދުބާއީ ފްރޭމްކީ ފާހަގަކޮށްލެވޭ، ފަތުރުވެރިން އާޝޯހު ކޮށްލާފަދަ ބައެއް ތަންތަނެވެ.
ފަތުރުވެރިންނަށް މުޅި ދުނިޔެއިން އެންމެ ކަމުދާ މަންޒިލެއްގެ ގޮތިގައި ފުރަތަމައަށް ޕެރިސް އޮތް އިރު ދުބާއީ އޮތީ ލިސްޓުގައި ރޯމް އާއި ބާރލިންގެވެސް ކުރީގައެވެ. މި ލިސްޓުގައި ރާއްޖޭގެ ސިޓީއެއް ހިމެނުމަކީވެސް ސަރުކާރުން މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއްނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް