އިނިގިރޭސި ލީގު ކަޕް: ލިވަޕޫލް ބަލިކޮށް ސިޓީ ކުއަޓާ އަށް

އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބަރާތުގެ ކުއަޓާ ފައިނަލަށް މެންޗެސްޓަރ ސިޓީން ދަތުރުކޮށްފިއެވެ. އިތިހާދު ސްޓޭޑިއަމުގައި ރޭ ލިވަޕޫލް އާއި ދެކ...

23 Dec 2022 | 04:14

އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބަރާތުގެ ކުއަޓާ ފައިނަލަށް މެންޗެސްޓަރ ސިޓީން ދަތުރުކޮށްފިއެވެ.

އިތިހާދު ސްޓޭޑިއަމުގައި ރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކިއިރުު، ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ސިޓީ އިންނެވެ. ސިޓީން ކުރި ހޯދީ މެޗުގެ 10 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހާލާންޑް ޖެހި ލަނޑުންނެވެ. މިއީ ސީޒަންގައި އޭނާގެ 24 ވަނަ ލަނޑެވެ.

ސިޓީން ލަނޑު ޖެހިތާ ނުވަ މިނެޓުފަހުން ޖޭމްސް މިލްނާގެ އެހީތެރި ކަމާއި އެކު ފަބިއޯ ކަވާލިއޯ ވަނީ ލަނޑު ޖަހާ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ސިޓީން ދެވަނަ ފަހަރަށް ކުރިހޯދީ 47 ވަނަ މިނެޓުގައި ރިޔާދު މާރޭޒް ޖެހި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ރޮޑްރީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

އެލީޑް ދެމިއޮތީ މިނެޓަކަށެވެ. ލިވަޕޫލުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރިއެވެ. ނަތީޖާ ހަމަހަމަކޮށްދިނީ ޑާވިން ނުނޭސް ގެ އެހީތެރިކަމާއި އެކު މިސްރުގެ ފޯވާޑް ސަލާހުއެވެ. ސިޓީ މި މެޗުން މޮޅު ކޮށްދިން ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ޑިބްރެއިނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ނެދަލެންޑްސްގެ ޑިފެންޑަރު ނަތަން އަކޭއެވެ.

ކްއާޓާ ފައިނަލްގައި މެންޗެސްޓަރ ސިޓީ ވާދަކުރަން ޖެހޭނީ ލިންކޮއިން ސިތީ ބަލިކޮށް ކުޔއާޓާއިން ޖާގަ ހޯދި ސައުތްހެމްޓަންއާއެވެ. އެމެޗު ކުޅޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް