ޕާކިސްތާނުން މަޖުބޫރީ ހާލަތުގައި، ނަމުގައި އިގްތިސޯދު ރިފޯމް ކުރަނީ!

ޕާކިސްތާނުގެ އިގްތިސޯދު ރިފޯމް ކުރުމުގެ ނަމުގައި ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ. މިގޮތަށް އިއުލާނު ކުރީ އެ ގައުމަށް އެކި ޖަމާއަތްތަކާއި ގައުމުތަކުން ދީފައިވާ ލޯނާއި ...

23 Dec 2021 | 17:35

ޕާކިސްތާނުގެ އިގްތިސޯދު ރިފޯމް ކުރުމުގެ ނަމުގައި ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

މިގޮތަށް އިއުލާނު ކުރީ އެ ގައުމަށް އެކި ޖަމާއަތްތަކާއި ގައުމުތަކުން ދީފައިވާ ލޯނާއި އެހީގައި ފަށާފައިވާ މަޝްރޫއުތައް ނުނިންމު ދިގުލައިގެންދާ މައްސަލައިގަ ޕާކިސްތާނު ހޫނުފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އެވެ. އިގްތިސޯދު ރިފޯމް ކުރާކަން އިއުލާނު ކުރީ އެހީދޭ ޖަމާއަތްތަކުގެ ޕްރެޝާރާއި ހެދި އެވެ.

އިގްތިސޯދު އިސްލާހު ކުރުމުގެ ގޮތުން ޕާކިސްތާނުގައި ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ތަފާތު ނަންނަމުގައި ޓެކްސް ނަގަމުންދާ އުސޫލަށް ބަދަލު ގެނައުމާއި ހަކަތައިގެ ދާއިރާ އިސްލާހު ކުރުން ހިމެނެ އެވެ.

ހަކަތައިގެ ދާއިރާއަށް ބަލާއިރު އެކި މަޝްރޫއުތައް ހިންގަން އިންޓަނެޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި އެނޫން ޖަމާއަތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 2.4 ޓްރިލިއަން ޕާކިސްތާނު ރުޕީސްއަށް އަރަ އެވެ. އައިއެމްއެފްއިން ވަނީ އެ ތަނުން ނަގާފައިވާ ލޯނު އަދާ ކުރުމަށް ގޭހާއި ކަރަންޓު ފަދަ ހިދުމަތްތަކުން ނަގާ ފީ ބޮޑުކޮށްގެން ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ހޯދަން ޕާކިސްތާނު ސަރުކާރަށް ލަފާދީފަ އެވެ.

ހަމައެކަނި އައިއެމްއެފްއަށް ބަލާއިރު މިހާރު ހިންގަމުންދަނީ އެތަނުން ލޯނު ނަގައިގެން ހިންގާ 23 ވަނަ މަޝްރޫއު އެވެ. މީގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މެދުތެރެއިން ހުއްޓާލާފައިވާއިރު އެއްކޮށް ނިންމިފައިވަނީ މަދު މަޝްރޫއުތަކެކެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލަތައް ހައްލު ކުރުމަށް ޕާކިސްތާނުން ދަނީ ތެލުން ނަގާ ޑިއުޓީ އާއި ޓެކްސްތައް ބޮޑު ކުރަމުންނެވެ. އެކަމަކު މިއީ އައިއެމްއެފްގެ ލަފާއާއި އެއްގޮތަށް ކުރާ ކަމެއް ނޫން ކަމަށްވެވެ އެވެ.

ނަމުގައި އިގްތިސޯދު ރިފޯމް ކުރަން ފަށާފައިވާ ކަމަށް ބުނަނީ ޕާކިސްތާނު ސަރުކާރުން އަޅަން ފަށާފައިވާ މިފަދަ ފިޔަވަޅުތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް