ރާއްޖެއިން ކޯވިޑް ޖެހުނު އަދަދު 94،444ށް އަރައިފި

ރާއްޖެއިން އިތުރު 145 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 52 މީހުންނާއި މާލެއިން 47 މީހުން ކަމަށެވެ. ރިސޯޓުތަ...

23 Dec 2021 | 17:03

ރާއްޖެއިން އިތުރު 145 މީހުންނަށް ކޯވިޑް-19 ޖެހިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ އަތޮޅުތެރެއިން 52 މީހުންނާއި މާލެއިން 47 މީހުން ކަމަށެވެ. ރިސޯޓުތަކުން ކޯވިޑް ޖެހިފައިވަނީ 46 މީހުންނަށެވެ.

ކޯވިޑަށް މިއަދު ޓެސްޓުކޮށްފައިވަނީ 4،131 ސާމްޕަލެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު ކޯވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،925 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 92،245 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

ކޯވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 261 އަށް އަރާފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 94،444 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް