ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައިފި އެވެ.
އެކަމަނާގެ ތަގުރީރުގައި ވިދާޅުވީ ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި ބަންގްލަދޭޝް އާއި ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމުގެ ސިނާއަތް އަދި ކަނެކްޓިވިޓީގެ ގުޅުންތައް އިތުރަށް ވަރުގަދަ ވެގެންދިއުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށެވެ. ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި، ދެގައުމަށް ވެސް ފައިދާހުރި މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެެވެ.
ދެ ގައުމު ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން ވިދާޅުވީ ތަރައްގީއަށް ރާއްޖޭން ކުރި ދަތުރަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި މަސައްކަތަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށް އެނާ ވިދާޅުވި އެވެެ.
ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ބަންގްލަދޭޝަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަސީނާގެ ވާހަކަފުޅުގައި ވަނީ ބަންގްލަދޭޝުން މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަވާކަން ފާހަގަ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް