އެމްއެންޕީވެސް ބައި އިލެކްޝަނަށް ޕްރައިމަރީ ބާއްވާކަށް ނުޖެހުނު

މޯލްޑިވްސް ނެޝަނަލް ޕާޓި (އެމްއެންޕީ)ން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބާއްވަން ނުޖެހޭ ކަމަށް ބުނެފި އެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ ...

23 Dec 2021 | 13:59

މޯލްޑިވްސް ނެޝަނަލް ޕާޓި (އެމްއެންޕީ)ން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބާއްވަން ނުޖެހޭ ކަމަށް ބުނެފި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ ފަސް ވަނަ ދުވަހު ބާއްވާށެވެ.

އެމްއެންޕީން ބުނީ ޕްރައިމަރީގައި ވާދަ ކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ށ. ކޮމަންޑޫއަށް ނިސްބަތްވާ އަބްދުލް ހަންނާން އިދުރީސް ކަމަށެވެ. އޭނާ އަކީ ތައުލިމީ ދާއިރާގައި ފާހަގަކޮށްލެވޭ ވަޒީފާތަކެއް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެންޕީގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންވެސް ބައި އިލެކްޝަންގެ ޕްރައިމަރީ ބާއްވާކަށް ނުޖެހެ އެވެ. އެމްޑީޕީގެ ފަރާތުން ޕްރައިމަރީ އަކާ ނުލައި ޓިކެޓު ކަށަވަރު ކުރީ އަހުމަދު ރާޝިދު އެވެ.

ދެން މި އިންތިހާބުގައި ވާދަ ކުރާކަން އިއުލާނު ކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. އެކަމަކު އަދި މިހާތަނަށް ކެންޑިޑޭޓަކު އިއުލާނުކޮށްފައެއް ނުވެ އެވެ.

ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުން އީސީއަށް ފޯމް ހުށަހެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ30 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް