ބޭންކް އޮފް ސިލޯންގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތި ވެއްޖެ

ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފ...

23 Dec 2021 | 11:31

ބޭންކް އޮފް ސިލޯން (ބީއޯސީ) ގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ފުރައްސާރަ ކުރާ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަކުރަނީ އެ ބޭންކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެކެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "ދެން އޮންލައިން" ގައި ބުނެފައިވާ ގޮތުގައި އެމައްސަލަ ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ މެއިލްގެ ކޮޕީއެއް އެ ނޫހަށް ވަނީ ލިބިފަ އެވެ. އަދި މައްސަލަ ހުށަހަޅައިފައި ވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމަށް ވެސް ބޔުނެފައި ވެއެވެ.

މީގެ އިތުރުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލަވާނެ ކަމަށް މިމަހު 12 ވަނަ ދުވަހު ޖެންޑަރ މިނިސްޓްރީން، މައްސަލަ ހުށަހެޅި ފަރާތަށް ކުރި މެއިލްގައި ބުނެފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

އެ ބޭންކުގެ ކްރެޑިޓް މެނޭޖަރއާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލައިގާ ޕާޓީތަކަށް ދައުވަތު އެރުވުން ފަދަ ކަންކަން ކުރަމުންދާ ކަމަށާއި މައްސަލަ އެތައް ފަހަރަކު އެޗްއާރުއަށް ހުށަހެޅިނަމަވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް މެއިލްގައި ބުނެފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

މިކަމާއިގުޅިގެން ބޭންކް އޮފް ސިލޯނުން ވެސް އަދި ޖެންޑަރ މިނިސްޓްރީން ވެސް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް