ޑްރަގް އެތެރެކޮށް ޅާނބުގަލީގައި ފޮރުވި މައްސަލައިގަ ހިމެނޭ ދެމީހުންނަށް ދައުވާކޮށްފި

ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ޅާނބުގަލީގައި ފޮރުވާފައި ހުއްޓާ އަތުލައިގެން މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެ މީހުންނަށް ދައުވާކޮށްފި އެވެ. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން ...

23 Dec 2021 | 11:18

ރ. އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ޅާނބުގަލީގައި ފޮރުވާފައި ހުއްޓާ އަތުލައިގެން މަސްތުވާތަކެތީގެ މައްސަލައިގަ ހިމެނޭ ދެ މީހުންނަށް ދައުވާކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ރަށުން 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ އެތަކެތި އެ ރަށުގައި ފޮރުވާފައި ހުރީ ރާއްޖެއަށް އެތެރެކޮށްގެން ކަމަށެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ ރ. މަޑުއްވަރީ ފިނިފަރު އަލީ ޝާކިރާއި އެ ރަށު ފެހިއަލި، ނިމާލް އަބްދުލްހާރިސް އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ ދެމީހުންގެ މައްޗަށް ދައުވާ ކުރަން ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ދައުވާ އުފުލީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އަދި ޝާކިރުގެ މައްޗަށް ވަނީ ހަމަ އެ ގާނޫނުގެ ދަށުން ކުޑަކަމުދާތަކެތި ދޭން އިންކާރުކުރިކަމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

މި ދެމީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް