ފްލެޓްތަކުގެ މަސައްކަތް ނުނިމޭ ސަބަބު ހޯދަން ސާވޭއެއް ފަށައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިމޭ ސަބަބު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަ...

23 Dec 2021 | 10:31

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގައި އެޅި ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުނިމޭ ސަބަބު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސާވޭއެއް ފަށައިފި އެވެ.

އެގޮތުން މި ސާވޭގައި ބައިވެރިވުމަށް ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް މެސެޖް މެދުވެރިކޮށް އެދެމުންދާ އިރު، ސާވޭގައި ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ގޮސްފައި އޮތް ހިސާބު އޮޅުން ފިލުވާނެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި  5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އިރު،ފިނިޝިން މަސައްކަތް ކުރަމުން ދިރިއުޅޭ ފަރާތްތައް ވެސް އެ ފްލެޓްތަކުގައި އެބަތިއްބެވެ. އެއްވެސް ވަރަކަށް ފިނިޝިން މަސައްކަތް ނުފަށާ ފްލެޓުތަކާއި ފިނިޝިން މަސައްކަތް ނިންމައިގެން ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތައް ވެސް އެބަތިއްބެވެ.

ހަމަ މިއާއެކު މި ފްލެޓްތަކަކީ އެއްކޮށް ނިންމާފައި ހުރި ތަންތަނަށް ނުވުމުން، ފިނިޝިން މަސައްކަތް ނިންމައިގެން ނޫނީ އެ ތަންތަނުގައި ދިރިއުޅެން ފަށަން ބޭނުންވާ ކިތަންމެ ފަރާތެއް އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް