ޕާލޭ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޕަރސަނަލް
ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީ.ޕީ.އީ) ހަދިޔާކޮށްފި އެވެ.
ބުރާސްފަތި ދުވަހު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ޕާލޭ މޯލްޑިވްސްގެ ފަރާތުން ހަދިޔާ
ކޮށްފައިވާ މި ތަކެއްޗާ ހަވާލުވެޑައިގެންފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ސީ.އީ.އޯ، އިބްރާހިމް ސަލީމް އެވެ.
ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ފޭސް ޝީލްޑް، އައިސޮލޭޝަން ގައުންސް އަދި ސޭފްޓީ ގޮގްލްސް ހިމެނެއެވެ. ހަދިޔާ ކޮށްފައިވާ
ސޭފްޓީ ގޮގްލްސްތަކަކީ ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް ރީސައިކަލް ކޮށްގެން ތައްޔާރު ކޮށްފައިވާ ގޮގްލްސްތަކެކެވެ.
ޕާލޭ މޯލްޑިވްގެ ފަރާތުން މި ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވަނީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ 5 ކޮވިޑް ފެސިލިޓީއަށެވެ.
އައިޖީއެމްއެޗުން ވަނީ މި ދަނޑިވަޅުގައި ޕާލޭގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޕީ.ޕީ.އީ ހަދިކޮށްފައިވާތީ އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް