ދިވެހި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ މުހައްމަދު ވިޝާލް (ރޯމަން) އަކީ ސޯޝަލް މީޑިއާ ނެޓްވޯކް އިންސްޓަގްރާމް ވަރަށް އަޕްޑޭޓް މީހެކެވެ.
އަމިއްލަ ދިރިއުޅުމުގެ މަޖާ ކަންކަމާއި ފިލްމީ މަސައްކަތްތަކާއި ރަހުމަތްތެރިންނާއި އެކު ހޭދަ ކުރާ ވަގުތުތައް ބަރާބަރަށް އޭނާގެ އިންސްޓަގްރާމަށް އަޕްޑޭޓް ކުރާނެ އެވެ. ހާއްސަކޮށް ރޯމަން ފާހަގަ ވަނީ އެކި ގޮތްގޮތަށް މޮޑެލްކޮށްފައި ފޮޓޯލާ ތަރިއެއްގެ ގޮތުގައި އެވެ.
ޓިކްޓޮކުން އާންމުނަށް މަޝްހޫރުވި ރޯމަން އިންސްޓަގްރާމް ކުރާ ފޮޓޯތަކުގެ ތެރޭގައި އޭނާ ޝޫޓިންގައި އުޅޭ ވަގުތުތަކާއި ގޭގައާއި އާންމު ތަންތަނުގައި ތަފާތު ޕޯސްތަކަށް ނަގާފައި ހުންނަ ފޮޓޯ ހުރެ އެވެ. އަންހެން ކުދިން އެންމެ އަޅައިގެންނަ ރޯމަންގެ ރީތި އިސްތަށިގަނޑު އެކި ގޮތްގޮތަށް ސްޓައިލް ކޮށްލުމަށް ފަހު ނަގާ ފޮޓޯތަކުގެ އިތުރުން އޭނާގެ ހަށިގަނޑު ދައްކާލައި ނަގާފަ ހުންނަ ފޮޓޯތަކަކީ އިންސްޓަގްރާމުގައި މީހުން ސަމާލުކަން ލިބޭ ފޮޓޯތަކެކެވެ.
އެންމެ ފަހުން ރޯމަން އިންސްޓަގްރާމް ކުރީ އިއްޔެ ހުޅުމާލޭގައި ނަގާފައި އިން ފޮޓޯ އެކެވެ. އެ ފޮޓޯގައި އޭނާ އިނީ ގޮނޑުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އެއް ފަރާތަކަށް ބަލަހައްޓައިގެންނެވެ.
މިހާރުވެސް އެ ފޮޓޯއަށް 250 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު އެ ފޮޓޯގައި ރޯމަން ހޮޓް ކަމަށް ބުނެފައިވެ އެވެ. މި ފޮޓޯއަކީ މި ފަހުން ރޯމަން އިންސްޓަގްރާމް ކުރި ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި ފޮޓޯއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
https://www.instagram.com/p/CXxyJ6eJy_E/
ރޯމަންގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު މިހާރު އޭނާ ފެންނަނީ ޑާކްރެއިން އެންޓަޓެއިންމަންޓް ގެ ވެބް ސީރީޒް “ގިރިޓީ ލޯބި” އިންނެވެ. ބައިސްކޯފުން ސްޓްރީމް ކުރާ މި ސީރީޒްގައި ރޯމަން ފެނިގެން ދަނީ ފިރިހެން ލީޑް ރޯލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް