ބަންގްލަދޭޝް އިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދެނީ

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާ ކަމުގައި އެ ޤައުމުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހ...

23 Dec 2021 | 08:29

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާ ކަމުގައި އެ ޤައުމުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން، މިއަދު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

މި މަޝްވަރާތަކުގައި ރައީސް ޞާލިހް ދެ ކަމަކަށް އެދިވަޑައިގެންނެވި އެވެ. އެއީ ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދިނުމަށާއި، ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްޓޫޑަންޓު ވިސާ ދިނުމަށެވެ.

ރައީސް ޞާލިހް ގެ ވާހަކަފުޅަށް ފަހު ޝެއިހް ހަސީނާ ދެއްވި ބަޔާނުގައި އެ ކަމަނާ ވަނީ، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައި ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން، ދެ ލީޑަރުންގެ ދެމެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި މިއަދު 4 އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެއެވެ. އެގޮތުން

އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމާއި، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއަކާއި، ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެއެވެ.

އެ ޤައުމުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް އެކުވެރި ކަމުގެ ރަމްޒެއްގެ ގޮތުން  13 އަސްކަރީ އުޅަނދު ވެސް ރާއްޖެއަށް  ހަދިޔާކޮށްފަ އެވެ.

ދައުރުން ބޭރުން  މިއަދު ހަވީރު 4 ޖަހާއިރު ރައްޔިތުންގެ މަޖިލީހުގައި ބާއްވަން ތާވަލު ކުރެވިފައިވާ ޖަލްސާގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ތަގުރީރުކުރައްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް