ބަނގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ފެން ވަޅެއް ބިނާކޮށްދީފި އެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ މުވައްޒަފުން ހަދިޔާކުރި ފައިސާ އިން ވެސް ފެން ވަޅެއް ބިނާކޮށްފައިވާ ކަމަށެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ފެން ވަޅެއް ބިނާކުރުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަށް ވެސް އެ ކުންފުނީގެ މުވައްޒަފުން ހަދިޔާއެއް ގެ ގޮތުގައި އެހީތެރިވެދީފައިވާ ކަމަށެވެ.
އެޗްޑީސީން އެދިފައިވަނީ އެތައް ބަޔަކަށް ސާފު ބޯފެނަށް ބޭނުންވެފައިވާ ތިބި ކަމަށާއި ހޭލުންތެރިކަން އިތުރު ކޮށްދެވެން އޮތް ވަރަކުން ބަނގްލަދޭޝްގައި ތިބި ރޮހިންޔާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިމުނަށް އެދިފަ އެވެ.
https://twitter.com/hdcmaldives/status/1473673632698499076
ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނު (އައިއޭސީ) އަކީ 150 އަށް ވުރެ ގިނަ ޖަމިއްޔާ، ޖަމާއަތުގެ އެއްބާރުލުމާއެކު 'އެހީ' އިން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މި ހަރަކާތުން އަންނަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.
އެޗްޑީސީއިން އައިއޭސީއަށް ފެން ވަޅު ބިނާކުރުމަށް ހަވާލުކުރީ މިދިޔަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހެވެ. އެޗްޑީސީގެ ފަރާތުން އައުއޭސީއާ ފެންވަޅު ހެދުމަށް ހަވާލުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް