ތައި އެއަރ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ކުރަން ފަށައިފި އެވެ.
އެ އެއަރލައިނުން ރާއްޖެއަށް އައި ފަތުރުވެރިންނަށް މޯލްޑިވިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ތައިލެންޑުގެ ޑޮންމުއާން އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރުމަށް އެއަރ އޭޝިއާ އިން ވަނީ ނިންމާފަ އެވެ. އެގޮތުން ބުދަ ދުވަހާއި ހޮނިހިރު ދުވަހު ތައިލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
އެއަރ އޭޝިއާ އަކީ ދިވެހިންގެ ގިނަ ބަޔަކު ވެސް ދަތުރު ކުރުމުން އަންނަ އެއަރލައިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް