ކޮވިޑު ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.
މިއީ ގދ ތިނަދޫ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ. އޭނާ ނިޔާވީ ރޭގެ 10:50 ގަ އެވެ.
އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަތާ ދިހަ ދުވަސްވެފައިވާ އެމީހާ އަކީ އުމުރުން 66 އަހަރުގެ ފިރިހެނެވެ.
މިއާއެކު ރާއްޖެއިން ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު މިވަނީ 261 އަށް އަރާފަ އެވެ. އެއީ 244 ދިވެހީންނާއި 17 ބިދޭސީން ނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ވަނީ ނިޔާވެފަ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވީ މި 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު އެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް