ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް އިފްތިތާޙު ކޮއްފި

ދިވެހިރާއްޖޭގެ ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް އިފްތިތާހު ކޮށްފިއެވެ. އެކަމަށްޓަކައި އައްސޭރި ޖަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެކަން އިފްތިތާޙު ކޮއްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް...

23 Dec 2015 | 16:29

ދިވެހިރާއްޖޭގެ ޖަލުތަކުގައި އާސަންދައިގެ ޚިދުމަތް އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި އައްސޭރި ޖަލުގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެކަން އިފްތިތާޙު ކޮއްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު ހުޝާމްއެވެ.

މި ތައާރަފު ކުރެވުނު އާސަންދަ ސުކީމްގެ ދަށުން ކުށްވެރިންނަށް ނަގަން ޖެހޭ ބޭސްތައް އާސަންދަ ޚިދުމަތް ލިބޭ ކޮންމެ ތާކުން މިހާރު ނެގޭނެއެވެ. އަދި ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމަށް ސުޕަރ ސްޕެޝަލިސްޓުންގެ ވަކި ޢަދަދެއް މީގެކުރިން ރިޒަރވް ކޮށްފައި އޮތްނަމަވެސް މިހާރު އެކަން ބަދަލު ވެފައިވާތީ ބަންދުގައި ތިބޭ މީހުން ސުޕަރ ސްޕެޝަލިސްޓުންނަށް ދެއްކުމަށް ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ހުޝާމްވަނީ އައްސޭރި ޖަލުގެ އާ އޮފީސް ޢިމާރާތާއި ފެން ޕްލާންޓުވެސް ހުޅުއްވައި ދެއްވައިފައެވެ.

އާ އޮފީސް ޢިމާރާތާ ގުޅޭގޮތުން ހުޝާމް ވިދާޅުވީ އައްސޭރި ޖަލުގެ އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އެ ޖަލުގައި ބަންދުގައި ތިބި ގައިދީންނާއި އެ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުން ކަމަށެވެ.

ޖަލުގައި ތިބި ގައިދީންނާއި މަސައްކަތް ކުރާ އޮފިސަރުންނަށް ކޮންޓްރެކްޓް އުސޫލުން ފެން ސަޕްލައި ކޮށްދޭތާ އަހަރެއް ވެއްޖެ ކަމަށާއި އެހެންނަމަވެސް މިއަދު ހުޅުވި ފެން ޕްލާންޓްގެ ސަބަބުން އެކަމަށް ލުއި ކަމެއް ލިބިގެން ހިނގައްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ މަސައްކަތް ކޮށްދެއްވި އޮފިސަރުންނާއި ގައިދީންނަށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުން ޙަވާލުކޮއްފައިވާ އިރު، ޖަލުތަކުގައި ތިބި ގައިދީން ކޮށްފައިވާ ބައެއް މަސައްކަތްތައްވެސް މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް