ހައިދަރުއާބާދުގެ ޕޮލިސް ކޮމިޝަނަރު ކަމަށް އެއްދުވަހުގެ މުއްދަތަށް 8އަހަރުގެ ކުއްޖެއް

ހައިދަރުއާބާދުގެ ޕޮލިސް ކޮމިޝަނަރު ކަމަށް އެއްދުވަހުގެ މުއްދަތަށް 8އަހަރުގެ ކުއްޖެއް އައްޔަން ކޮއްފިއެވެ. ޢުމުރުން 8 އަހަރުގެ މަޑިޕައްލި ރޫޕަކީ ކޮންމެ 25 ދުވަހަކުން އެއްފަހަރު ލޭ އަޅަންޖެހޭ ތެލެސީމިއާ...

23 Dec 2015 | 08:15

ހައިދަރުއާބާދުގެ ޕޮލިސް ކޮމިޝަނަރު ކަމަށް އެއްދުވަހުގެ މުއްދަތަށް 8އަހަރުގެ ކުއްޖެއް އައްޔަން ކޮއްފިއެވެ.

ޢުމުރުން 8 އަހަރުގެ މަޑިޕައްލި ރޫޕަކީ ކޮންމެ 25 ދުވަހަކުން އެއްފަހަރު ލޭ އަޅަންޖެހޭ ތެލެސީމިއާ ބަލި ހުންނަ ކުއްޖެކެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށްވުމުގެ ހުވަފެން ދެކެމުން އައި މަޑިޕައްލި މިދިޔަ އަންގާރަ ދުވަހު އެއް ދުވަހު އެމަޤާމަށް އައްޔަން ކޮއްފައިވަނީި މޭކް އަ ވިޝް ފައުންޑޭޝަނާއި ހައިދަރުއާބާދުގެ ފުލުހުން ގުޅިގެންނެވެ.

މޭކް އަ ވިޝް ފައުންޑޭޝަނަކީ އިންޑިއާގައި ފުރާނައަށް ނުރައްކާތެރި ބަލި ޖެހިފައިވާ ކުދިންނަށް އެހީތެރިވެދޭ ޖަމިއްޔާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް