ދިވެހިންގެ އުފެންދުންތައް ދައްކާލުމަށް ޚާއްސަކޮށްގެން ބާއްވާ އުފެންދުންތެރިކަމުގެ ގައުމީ މައުރަޒު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާވަނީ މައުރަޒުގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.
މިއަހަރުގެ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މަޢުރަޒުގައި 85 ސްޓޯލް ވަނީ ބެހެއްޓިފައެވެ. އަދި މި ސްޓޯލްތައް ބެހިފައިވަނީ 38 ބަޔަކަށެވެ. މި މައުރަޒުގައި ތަފާތު ވައްތަރުގެ ދިވެހި ފަރުމާތަކާއި ދިވެހިންގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރުތަކާއި މަސައްކަތްތައް ވަނީ ހިމެނިފައެވެ. އަދި، މިއަހަރުގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު މި ބޭއްވުނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުކަން ފާހަގަކޮށްލެވެއެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މަޢުރަޒުން ވަނަ ވަނައަށް އަންނަ ފަރާތްތަކަށް މިރޭ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް